ސިޔާސީ

ރައީސް ނަޝީދާއެކު ކޯލިޝަން ފަރާތްތަކަށް ލިބެނީ ނިކަމެތިކަން- މޫސަ


ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު ކޯލިޝަން ހަދާ ސިޔާސީ ކޮންމެ ފަރާތަކަށް ލިބެނީ ނިކަމެތިކަންކަމަށާއި، މިއީ ސިޔާސީ ވެރިން ވިސްނާލަންވެއްޖެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މޫސާ މަނިކު ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުގައާއި، އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮވެގެންވެސް ވަރަށް ގިނަ ކޯލިޝަންތައް ހަދަމުން ގެންދިޔަކަން ފާހަގަކުރައްވަމުން މޫސާ މަނިކު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ތެރެއިން އެތައް ކޯލިޝަންތަކެއް މިހާތަނަށް ފެނިފައިވާކަމަށެވެ. އަދި އެ ކޯލިޝަންތައްވެސް ފެއިލްވެފައިވާކަމަށެވެ. ކުރީގެ ރައީސް ނަޝީދާއެކު ކޯލިޝަން ހަދައިގެން ސިޔާސީ އެއްވެސް ފަރާތަކަށް މިހާތަނަށް ކާމިޔާބީއެއް ލިބިފައި ނެތްކަމަށާއި، ލިބެނީ ނިކަމެތިކަންކަމަށް ވިދާޅުވިއެވެ.

ކޯލިޝަން ހަދައިގެން ވެރިކަމާ ތޮޅުމުގެ ބަދަލުގައި، ރިޔާސީ އިންތިޚާބަށް ތައްޔާރުވެ ތިބުމަށް މޫސަ ގޮވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކު ވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ އިތުބާރު ނެތްކަމުގެ މައްސަލަތަކަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސްގެ ގޮތުގައި ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރާފައިނުވާކަމަށެވެ. ސަރުކާރުގެ އެއްވެސް ބޭފުޅަކު ގުޅުއްވާފައި ވަކިކަމެއް ކުރެއްވުމަށް ވިދާޅުވެފައިނުވާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.ރައްޔިތުންގެ މަޖިލީހުގައިއޮތީ ސަރުކާރުގެ ބާރުކަމަށާ، ސަބަބަކީ ސަރުކާރުންހިންގާ ޕާޓީ ޕީޕީއެމްއާއި އެމްޑީއޭ ކޯލިޝަނުގެ ފުރިހަމަ އަޣުލަބިއްޔަތު މަޖިލީހުގައި އޮތުންކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެއީ ޑިމޮކްރަސީގެ އުސޫލު އޮންނަގޮތްކަމަށާ، އިދިކޮޅު ފަރާތްތަކުންވެސް އެކަން ޤަބޫލުކުރަންޖެހޭކަމަށެވެ.