ޚަބަރު

"އިދިކޮޅު ފާރާތްތަކުގެ ބޭނުމަކީ ޤައުމު ހަލަބޮލި ކުރުން"


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަލުން މަޖިލީހަށް ހުށައެޅީ، ސިޔާސީ ގޮތުން ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް ފުރުޞަތު ދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަށްބުނެ ސިޔާސި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ. މުއާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަސައްކަތްތަކަށް ގަސްތުގައި ހުރަސްއެޅުން ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ރާއްވަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އެއްބާރުލުންދީ، މި މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ވަނީ އިލްތިމާސް ކުރައްވާފައެވެ.