ސިޔާސީ

ރައީސް ޔާމީންގެ ފުރަތަމަ ރިޔާސީ ބަޔާން އަންނަ ހޯމަދުވަހު





ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.


 
މިއީ މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމުގެ ޖަލްސާވެސްމެއެވެ.


 
ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރަކު އިއްވަންޖެހޭ ބަޔާނެކެވެ.


 
މިދިޔަ ދެއަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވުމަށް ވަޑައިގެންނެވުމުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން އެމަނިކުފާނުގެ ވެރިކަމުގެ ސައްހަކަމާމެދު ސުވާލު އުފައްދައި ވަރަށް ބޮޑު ހުރަސްއެޅުންތަކެއް ކުރިމަތިކޮށްފައިވެއެވެ.


 
 


މިއަހަރުގެ ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަބްދުﷲ ޔާމީން ވަޑައިގެންނެވުމަށްފަހު ދެއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.