ޚަބަރު

އޯޓިޒަމް ހުންނަ މީހުންނަށް ކިޔުގައި ނުޖެހި އައިޑީ ކާޑު!


އޯޓިޒަމް ހުންނަ މީހުންނަށް ކިޔޫގައި ނުޖެހި އައިޑީ ކާޑު ހެއްދޭނެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހަމަޖައްސަވައިފިއެވެ.

އައިޑީ ކާޑު ޔުނިޓްގެ ޑިރެކްޓަރ ފަރީދާ ޔޫސުފް ވިދާޅުވީ، އޯޓިޒަމް ހުންނަ މީހުންނަށް ކިޔޫގައި ނުޖެހި، ޚިދުމަތް ދިނުމަށް ކަނޑައަޅުއްވާފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރުފަހު ތިނެއްކުން ހަވީރު ފަހަކަށްކަމަށެވެ. އޯޓިޒަމް ހުންނަ މީހުންނަށް މިގަޑިތަކުގައި ޚިދުމަތް ދިނުމަށް ނިންމެވީ، އޯޓިޒަމް ދުވަހާ ގުޅުވައިގެން ،އެފަދަ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ފަސޭހައިން ޚިދުމަތް ދެއްވުމުގެ ގޮތުން ކަމަށް ފަރީދާ ވިދާޅުވިއެވެ.

އޯޓިޒަމް ހުންނަ މީހުންނަށް ކިޔޫގައި ނުޖެހި އައިޑީ ކާޑު ހެއްދުމުގެ އިންތިޒާމުގެ މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.