ޚަބަރު

އައިސީޕީން 3 ފަރާތަކަށް އޯޓިޒަމަށް ސްކްރީންކުރުމަށް އެހީދެނީ


އިންސްޓިޓިއުޓް ފޯ ކައުންސިލިންގ އެންޑް ފިޒިއޮތެރަޕީ, އައިސީޕީން 3 ފަރާތަކަށް އޯޓިޒަމަށް ސްކްރީންކުރުމުގައި އެހީތެރިކަން ދިނުމަށް ނިންމައިފިއެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހުގެ މުނާސަބަތުގައި އައިސީޕީގައި ބޭއްވި ރަސްމިއްޔާތެއްގައި އޯޓިޒަމަށް ސްކްރީންކުރުމުގެ އެހީތެރިކަން ދިނުމަށް ނިންމާފައިވަނީ، އިމާދުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް އަދި އޯޓިޒަމް އެސޯސިއޭޝަނަށެވެ.

އައިސީޕީގެ މި އެހީގެ ދަށުން އެ އިންސްޓިޓިއުޓުން ފަންސާސް އިންސައްތައިގެ ޑިސްކައުންޓެއް އެފަރާތްތަކަށް ދޭނެއެނެ. އިންސްޓިޓިއުޓް ފޯ ކައުންސިލިންގ އެންޑް ފިޒިއޮތެރަޕީ އައިސީޕީގެ ފަރާތުން އެފަރާތްތަކާއި އެހީގެ ލިއުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭސް މިޞްރާއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަކިލޭސް މިޞްރާ ވިދާޅުވީ، އިންސާނިއްޔަތައްޓަކައި ދިވެހިންގެ ފަރާތުން ފެންނަމުންދަނީ ލާމަސީލު މިސާލެއްކަމަށެވެ. އިންސާނިއްޔަތައް ޙިދުމަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިއްމާއެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އިންޑިއާ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށެވެ.

އިންސްޓިޓިއުޓް ފޯ ކައުންސިލިންގ އެންޑް ފިޒިއޮތެރަޕީ، އައިސީޕީން މަޢުލޫމާތުދެއްވާގޮތުގައި އޯޓިޒަމްއަށް ސްކްރީން ކުރުމުގެ ފުރުޞަތު މާލޭގެ އިތުރުން އައްޑޫސިޓީގައިވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.