ޚަބަރު

"މައިނާ ހޯޕް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި


ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ހޮސްޕިޓާލިޓީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "މައިނާ ހޯޕް" ޕްރޮޖެކްޓުގެ ޙަރަކާތް އިފްތިތާހްކޮށްފިއެވެ.

މި ޙަރަކާތް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ. މިކަމަށްޓަކައި އަނަންތަރާ ދިގުރަށް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މި ހަރަކާތުގެ ދަށުން ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕްގައި ބައިވެރިވުމުގެ އިންތިޒާމް އަނަންތަރާގެ ރިސޯޓުތަކުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14909774858375.jpg|"މައިނާ ހޯޕް" ޕްރޮޖެކްޓް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ - ފޮޓޯ: ޖެންޑަރ މިނިސްޓްރީ

އަދި އިންޓަރންޝިޕް ނިންމާ ކުދިންނަށް ރާއްޖޭގައި ހުރި އަނާންތާރާ ގްރޫޕްގެ 6 ރިސޯޓުންނާއި، ބޭރުގެ ޤައުމުތަކުގައިވާ އަނަންތާރާގެ ރިސޯޓްތަކުންވެސް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ޢަމަލީ މައިދާނަށް ނުކުންނައިރު، "މައިނާ ހޯޕް" ޕްރޮޖެކްޓް ގެ ސަބަބުން ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14909774266255.jpg|"މައިނާ ހޯޕް" ޕްރޮޖެކްޓް އިފްތިތާހްކުރުން - ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މިނިސްޓަރ ވިދާޅުވީ އަނަންތާރާއާއިއެކު މި ކުރެވޭ މަސައްކަތް ނަމޫނާއަކަށް ބަލައި، އެހެން ރިސޯޓްތަކާ، އަމިއްލަ ކުންފުނިތަކުން މިފަދަ ކުދިންނަށް ތަމްރީނާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.