ޚަބަރު

"ގަދަ 8 ކަނޑައެޅުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި"


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ 8 ކަނޑައެޅުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު އާއްމުންނަށް މިހާރު ވަނީ ހުޅުވާލައިފިއެވެ.  

މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް މި ފުރުސަތު އޮންނާނެއެވެ. އައިޑަލްގެ މިރޭގެ ޝޯވްގައި ގަދަ ނުވަ ބައިވެރިން ދިވެހި ރޮކް އެންޑް ރޯލް ތީމަށް  ލަވަތައް ހުށައަޅަދިން  އިރު މި ޝޯވް ވެގެންގޮސްފައިވަނީ މިހާތަނަށް އައިޑަލްގައި ފެނުނު އެންމެ ފޯރިގަދަ މަޖާ އެއް ޝޯވއަށެވެ. 

ތަފާތު ގޮތަކަށް ބައިވެރިން ފެނުނު މި ޝޯވގައި ބައިވެރިންގެ ވަރަށް ފޯރިގަދަ ލަވަތަކާއެކު އެ ބައިވެރިންގެ ނެށުމުގެ ހުނަރުތައް ފެނިގެންގޮސްފައިވެއެވެ. އަދި ބައިވެރިންނާ އެކު މިޝޯގެ ސްޓޭޖުން އައިޑަލްގެ ޚާއްސަ ބޭންޑުވެސް ފެނުނެވެ. ގަދަ ނުވައެއްގައި ވާދަކުރި ބައިވެރިންނަކީ ޝަމްވީލް މުޙައްމަދު ، ޢިބްރާހީމް ވަޙީދު ،މުޙައްމަދު ތަސްނީމް، އަޙްމަދު ނަބީލް މުޙައްމަދު ،ޙަމޫދު އަޙްމަދު ،ޙަސަން އިރުފާން ،އަޙްމަދު ފަރާޝް ،އައިޝަތު ޖައިޝާ ވަޙީދު ،ޢަބްދުﷲ ހިޝާން މިބައިވެރިންނެވެ. 

އައިޑަލްގެ މި ޝޯވްއިން އެންމެ މަޤްބޫލު 8 ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް މި ފުރުސަތު އޮންނާނެއެވެ. މި ސީޒަންގެ ގަދަ 8 އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓު ޝޯވގައެވެ.