ޚަބަރު

ޕީއެސްއެމް ސްޕޯރޓްސް ވަކި ބްރޭންޑެއްގެ ގޮތުގައި ޚިދުމަތް ދެނީ


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ސްޕޯރޓްސްގެ ޚިދުމަތް ވަކި ބްރޭންޑެއްގެ ގޮތުގައި ޚިދުމަތް ދިނުމަށް ހަމަޖައްސައިފިއެވެ.

ޓެލެވިޜަން މޯލްޑިވްސް، ޓީވީއެމްގެ 39 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ލައިވް ޕްރޮގްރާމެއްގައި މިކަން އިއުލާން ކުރައްވައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ޕީއެސްއެމް ސްޕޯރޓްސް ވަކި ބްރޭންޑެއްގެ ގޮތުގައި ހަމަޖެއްސެއްވީ ޕީއެސްއެމް ސްޕޯރޓްސް ވަރުގަދަކުރުމުގެ ގޮތުގައި ކަމަށެވެ. އަދި ޕީއެސްއެމް ސްޕޯރޓްސް ވަކި ބްރޭންޑެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ ކުޅިވަރަށް ޝައުޤުވެރި ފަރާތްތައް އެ ޚިދުމަތް އިތުރަށް ޝައުޤުވެރިކުރެވޭނެކަން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

"މިއަދުން ފެށިގެން ޕީއެސްއެމް ސްޕޯރޓްސް މަސައްކަތް ކުރާނީ ވަކިން. ޚަބަރު ގަޑިތަކާއި ޕްރޮގްރާމްތަކުގައިވެސް މަސައްކަތް ކުރާނީ ވަކި ލޯގޯއެއް ބޭނުން ކޮށްގެން،" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވިއެވެ.