ޚަބަރު

މެމްބަރު އަބްދުﷲ ރިޔާޒް، ފުލުސް އޮފީހަށް ހާޒިރުކުރައްވައިފި


ފުލުހުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދްﷲ ރިޔާޒު، ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައިފިއެވެ. 

އަބްދްﷲ ރިޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވި ނަމަވެސް އޭނާ ހުންނެވީ ފުލުހުންގެ ހައްޔަރުގައި ނޫންކަމަށް ފުލުހުން ވިދާޅުވެއެވެ. ރިޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވާފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.