މުނިފޫހިފިލުވުން

އައިޑަލް ސީޒަން 2 : ގަދަ 9 ޔަޤީންވެއްޖެ


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ 9 އަކަށް ދަތުރުކުރި ބައިވެރިން ޔަޤީންވެއްޖެއެވެ

މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ 4 ވަނަ ޝޯވއަށް ދަތުރުކުރި ގަދަ 9 ބައިވެރިން އިޢުލާންކޮށްފައިވަނީ ޓީ.ވީ.އެމުން މިރޭ ގެނެސްދިން އެލިމިނޭޝަން ނައިޓުގައެވެ. މިރޭގެ ޝޯވއިން މޯލްޑިވިއަން އައިޑަލްއާ ވަކިވެގެން ދިޔައީ މުޙައްމަދު ރީހާނެވެ.

img:http://s3.psmnews.mv/images/660x400/14904684907781.jpg|މުޙައްމަދު ރީހާން-

ގާލާ ރައުންޑުގެ 4 ވަނަ ޝޯވއަށް ދަތުރު ކުރި ބައިވެރިންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން އެންމެ މަތިން ޕޮއިންޓް ލިބުނު 9 ބައިވެރިންނެވެ.

ގަދަ 10 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 3 ވަނަ ޝޯވ ރޭ ޓީ.ވީ.އެމުން ގެނެސްދީފައިވާއިރު، ރޭގެ ޝޯވްގައި ރާއްޖޭގެ ފަންނާނުން ފިލްމްތަކަށާއި ޑްރާމާތަކަށާއި އަދި ވީޑިއޯލަވަތަކަށް ކިޔާ ދިފައިވާ މޮޅެތި ރީތި ލަވަތަކެއްވަނީ އިވިގެންގޮސްފައެވެ.

ގާލާ ރައުންޑާއެކު، ބައިވެރިންގެ މެދުގައިވެސް ވާދަވެރިކަން އިތުރުވެފައިވާއިރު ކޮންމެ ހަފްތާއެއްގެވެސް އޮންނަ އެލިމިނޭޝަން ނައިޓުން ބައިވެރިންގެ ތެރެއިން ކޮންމެވެސް އެއް ބައިވެރިއަކު އައިޑަލް ޝޯވއާ ވަކިވެގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލަށް ދަތުރުކުރާ ގަދަ 3 ބައިވެރިންނާއެކުއެވެ.

ގަދަ ނުވައަކަށް ހޮވުނު ބައިވެރިންނަކީ:-

ޝަމްވީލް މުޙައްމަދު

ޢިބްރާހީމް ވަޙީދު

މުޙައްމަދު ތަސްނީމް

އަޙްމަދު ނަބީލް މުޙައްމަދު

ޙަމޫދު އަޙްމަދު

ޙަސަން އިރުފާން

އަޙްމަދު ފަރާޝް

އައިޝަތު ޖައިޝާ ވަޙީދު

ޢަބްދުﷲ ހިޝާން