ޚަބަރު

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ


މާލޭގެ ބޮޑު ސަރަހައްދަކުން ގަޑިއެއްހާއިރަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓް ކެނޑެން މެދުވެރިވީ މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުންދާ މައި 2 ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށްފަހު މިހާރު މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. ކަރަންޓް ކެނޑިފައިވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ.