ޚަބަރު

ވ. ދަންމާނުގޭގައި މިރޭ ރޯވި އަލިފާނުގަނޑު ނިއްވާލައިފި


ވ. ދަންމާނުގޭގައި މިރޭ ރޯވި އަލިފާނުގަނޑު ނިއްވާލައިފިއެވެ.

މިރޭ ހިނގި މި ހާދިސާއާއި ގުޅިގެން އެ ގޭގައި ތިބި 10 މީހުން ރައްކާތެރިކަމާއެކު ވިލިމާލޭ މުޙްޔުއްދީން ސްކޫލަށް ވަގުތީގޮތުން ވަނީ ބަދަލުކޮށްފައެވެ. ދަންމާނު ގޭގައި ހިނގި މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެގެއާއި ޖެހިގެން ހުރި ގެތަކުންވެސް ވަނީ މީހުން ހުސްކޮށްފައެވެ. މި އެންމެން މިހާރު ވަނީ ސްކޫލަށް ބަދަލުކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ ދަންމާނު ގޭގެ އެންމެ ތިރީ ފްލޯގައި އަލިފާން ރޯވެގެންނެވެ. މި ގެއަކީ ޑެގް އަޅައިގެން ތިން ބުރިއަށް ހަދާފައި ހުރި ގެއެކެވެ. މި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު، އެގޭގައި ދިރިއުޅުނު މީހުން ބޭނުންކުރި ހިފާގެންގުޅޭ ސާމާނާއި ތަކެތި ބޭނުންނުކުރެވޭވަރަށް ވަނީ ހަލާކުވެފައި.

ދަންމާނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިސަރަހައްދުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބޭފުޅުންގެ އިތުރުން މޯލްޑިވިއަން ރެޑްކްރެސެންޓުންވެސް ގެންދަވަނީ ހަރަކާތްތެރިވަމުންނެވެ.