ޚަބަރު

ވ. ދަންމާނުގޭގައި މިރޭ ރޯވި އަލިފާނުގަނޑު ކޮންޓްރޯލްކޮށްފި


ވިލިމާލޭގައި ތިން ބުރިއަށް ހަދާފައި ހުރި ވ. ދަންމާނުގޭގައި މިރޭ މެންދަމު 2 ޖަހާއެހާކަންހާއިރު ރޯވި އަލިފާނުގަނޑު ކޮންޓްރޯލްކޮށްފިއެވެ.

މިރޭ ހިނގި މި ހާދިސާއާއި ގުޅިގެން އެ ގޭގައި ތިބި އެންމެން ހުސްކޮށްފައިވާއިރު، ދަންމާނު ގެއާއި ޖެހިގެން ހުރި ގެތަކުންވެސް ވަނީ މީހުން ހުސްކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ ދަންމާނު ގޭގެ އެންމެ ތިރީ ފްލޯގައި އަލިފާން ރޯވެގެންނެވެ. މި ގެއަކީ ތިން ބުރިއަށް ހަދާފައި ހުރި ގެއެކެވެ. 

ދަންމާނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިސަރަހައްދުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބޭފުޅުންގެ އިތުރުން މޯލްޑިވިއަން ރެޑްކްރެސެންޓުންވެސް ގެންދަވަނީ ހަރަކާތްތެރިވަމުންނެވެ.