މުނިފޫހިފިލުވުން

ގަދަ 9 ބައިވެރިން ހޮވުމަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޝޯވްތައް ހަފްތާއަކަށް މެދުކެނޑުމަށްފަހު، އައިޑޮލް ފޭނުންގެ ޓޮޕް ޓެން ނުވަތަ ގަދަ ދިހައެއްގެ ފޯރިގަދަ ވާދަވެރި ހުށައެޅުންތަކެއް ދައްކާލައިފިއެވެ.

އައިޑަލްގެ ގަދަ ދިހަ ބައިވެރިން ފޯރިގަދަ ހުށަހެޅުންތަކެއް ހުށަހަޅައިދީފައިވާއިރު، މިރޭގެ ޝޯވ ގެނެސްދީފައިވަނީ "ޕްލޭބެކް ސިންގިން: މި ތީމަށް. މިރޭގެ ޝޯވގައި، ދިވެހިންގެ މެދުގައި މަޤްބޫލު، ހިތްތަކާއި ކުޅެލާފައިވާ ހިތްގައިމު ލަވަތަކެއް އިވިގެން ގޮސްފައިވެއެވެ.

މިދިޔަ ހަފްތާގެ ޝޯވްއެކޭ އެއްގޮތަށް މިހަފްތާގެ ޝޯވގައިވެސް ބައިވެރިންގެ ހުށައެޅުންތަކަށް ބެލުންތެރިންގެ ފަރާތުން ވޯޓުދިނުމަށް ވަނީ ހުޅުވާލާފައެވެ.

ގަދަ 10 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެކަމުދާ ބައިވެރިއަކަށް ވޯޓު ދިނުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މާދަމާގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303އަށް އެސް.އެމް.އެސް ކުރެވޭނެއެވެ. ބެލުންތެރިން މި ޝޯވއަށް ފޮނުވާ ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. އަދި މިފަހަރުގެ ސީޒަންގެ ގަދަ ނުވައެއް އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.

އައިޑޮލް ސީޒަން ދޭގެ ގަދަ ދިހައެއްގައި ތިބި ބައިވެރިންނަށް ބަލާލާއިރު މީގެ ތެރެއިން އެއްވެސް ބައިވެރިޔަކީ ދެރަ ބައިވެރިޔެކޭ ބުނަވޭކަށްނެތެވެ. އެހެންކަމުން މިރޭގެ ޝޯވްގެ ހުށައެޅުންތަކާއި އެކު ގަދަ ނުވައެއް ކަނޑައެޅުމަށް ބެލުންތެރިންނާއި ޖަޖުންނަށްވެސް އެހާ ފަސޭހަވަގެންދާނެކަމަކަށް ނުބެލެވެއެވެ.