ކުޅިވަރު

މޮޅު ކުޅުމަކާއެކު ނޭޕާލްގެ މައްޗަށް ތުރުކުމިނިސްތާން ކުރިހޯދައިފި


މޮޅު ކުޅުމަކާއެކު ނޭޕާލްގެ މައްޗަށް ތުރުކުމިނިސްތާން ކުރިހޯދައިފިއެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި މިއަދު ނޭޕާލްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ތުރުކިމިނިސްތާން ހޯދީ 20-25އިންނެވެ. ދެވަނަ ސެޓް 18-25 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓް ތުރުކުމިނިސްތާން ކާމިޔާބުކުރީ 22-25 އިންނެވެ. މިއީ މިދެޤައުމުގެވެސް ފުރަތަމަ މެޗެވެ.

 މެޗަށްފަހު ނޭޕާލް ޓީމްގެ ކޯޗް ޖަގްދީޝް ޕްރަސާދް ބުނީ މުޅި މެޗްގައި ތުރުކިމިނިސްތާން ފެނުނީ މާ ތަފާތުބޮޑުކޮށް ކަމަށާއި، ނޭޕާލް ކުޅުންތެރިން ދެއްކި ކުޅުމަކީ ހިތްހަމަ ޖެހޭ ކުޅުމެއް ކަމަށެވެ. އަދި މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ނޭޕާލަށް އެބައޮތް ކަމަށާއި، ހުރިހާ ޓީމްތަކެއްވެސް ހަމަހަމަ ކަމަށް ޖަގްދީޝް ބުންޏެވެ.

"ވަރަށް ހަމަހަމަ ހުރިހާ ޓީމެއްވެސް. މިއީ ގޯސް ފެށުމެއް ނޫން. އަދި މިއަދު މެޗްގައި ދެއްކީވެސް ދަށް ކުޅުމެއް ނޫން" ނޭޕާލް ކޯޗް ބުންޏެވެ.

ތުރުކުމިނިސްތާން ކޯޗް ސަރްދާރު ޓަޝިނަރަޒޯފް ބުނީ ނޭޕާލަކީ މޮޅު ޓީމެއް ކަމަށާއި، މެޗަށް ނިކުތީ އެކަން ދަނެގެން ކަމަށެވެ. އަދި މިއީ ތުރުކުމިނިސްތާނަށް ކާމިޔާބުކުރެވޭނެ ވަރުގެ މުބާރާތެއް ކަމަށްވެސް ސަރްދާރް ބުންޏެވެ.

މުބާރާތުގައި މާދަމާ ވާދަކުރާނީ ނޭޕާލާ ދިވެހިރާއްޖެ. މިމެޗްވެސް ފަށާނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ.