ޚަބަރު

ރައީސް އޮފީހަށް ޙަމަލާދިން މީހަކު ހައްޔަރުކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޙަމަލާދީ، އެއޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލަގައި މީހަކު ޙައްޔަރުކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގަލަކުން ހަމަލާދީ އެއޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލުމަށްފަހު، ފިލުމަށް މަސައްކަތް ކުރި މީހަކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ. މިޙާދިސާ ހިންގާފައިވަނީ މިއަދު މެންދުރު އެއްގަޑި ސާޅީސް އެހާކަންހާއިރުކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މިމައްސަލައިގައި ޙައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، މިމައްސަލަ ތަޙުޤީޤް ކުރައްވަމުން ގެންދާވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.