ދުނިޔެ

ލީބިޔާގެ ދާހިލީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ބައްދަލުވުމެއް


ލީބިޔާގެ ދާހިލީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އަރަބި ލީގާއި، އ.ދ، އެފްރިކަން ޔޫނިއަން ކޮމިޝަން އަދި ޔޫރަޕިއަން ޔޫނިއަންގެ އިސްވެރިން ބައްދަލު ކުރައްވައިފިއެވެ.

މިސްރުގެ ޤާހިރާގައި ކުރިއަށްގެންދިޔަ މިބައްދަލުކުރެއްވުމުގައި އަރިބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަބުލް ޣެއިތް، އ.ދގެ ޙާއްސަ މަންދޫބް މާޓިން ކޮބްލަރ، އެފްރިކަން ޔޫނިއަންގެ ޗެއާޕާސަން މޫސާ ފަކި އަދި ވިލާތު އިއްތިހާދުގެ ފޮރެއިންގ ޕޮލިސީ ޗީފް ފެޑެރިކާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލީބިޔާގެ ސިޔާސީ މަސްރަޙު ހަމައަކަށް އެޅުވުމާ ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު ލީބިޔާ އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެޤައުމުގައި ދެ ސަރުކާރަކުން ދަނީ ވެރިކަމަށް ދައުވާ ކުރަމުންނެވެ. އަދި ޤައުމުގެ އެކި ސަރަޙައްދު ތަކުގައި ވެރިކަމުގެ އެއްވެސް ބާރެއް ހިނގަމުންނުދާއިރު ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް ވަނީ އިތުރުވެފައެވެ. ލީބިޔާއިން މިދިޔަ އަހަރުގެ ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި ނުވަ ހާސް މީހުން ޤައުމު ދޫކޮށް ހިޖުރަކޮށްފައިވެއެވެ.

މިޢަދަދު މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު މިވަނީ 13،500 އަށް އަރާފައެވެ.