ކުޅިވަރު

ޕްރިމިއަރ ލީގު ހޯދަން ޗެލްސީ އޮތީ ކެތްމަދުވެފަ - ކޮންޓޭ


ޕްރިމިއަރ ލީގް އުފުލާލަން ބޭނުންވަނީ 8 މޮޅު ކަމަށާއި، އެކަމަށް ކުޅުންތެރިން ތައްޔާރަށް ތިބިކަމަށް ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

 އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނާގައި ޗެލްސީ އޮތީ ދިހަ ޕޮއިންޓްގެ ލީޑަކާއިއެކުއެވެ. އަދި ލީގު ޔަގީންކުރަން ބާކީ އޮތް 11 މެޗުން ޗެލްސީއަށް ބޭނުންވަނީ އަށް މޮޅު، ނުވަތަ 24 ޕޮއިންޓެވެ. 

ކޮންޓޭ ބުނީ ކުޅުންތެރިންނަށް މިހާރު އެކަން އިނގޭނެކަމަށާއި، އެކަކަމު ޓީމް އަބަދުވެސް ތައްޔާރުވާނީ މެޗަކަށްފަހު މެޗެއް ކާމިޔާބުކުރަންކަމަށެވެ. މާ ދުރަށް ވިސްނަން ބޭނުންނުވާކަމަށާއި، އެއީ އޭނާ އެއްއިރެއްގައިވެސް ބޭނުންވާ ގޮތެއް ނޫންކަމަށެވެ. ޗެލްސީގައި ކޮންޓޭ ހުރީ އުފަލުންކަމަށާއި، ގިނަ ދުވަސްތަކެއްވަންދެން ޗެލްސީގައި މަޑުކުރަން ބޭނުންވާކަމަށް ކޮންޓޭ ބުންޏެވެ. ކޮންޓޭ ބުނީ ފުރަތަމަ ސީޒަންގައި ހިތްހަމަ ޖެހޭ ނަތީޖާތަކެއް ނެރެވިއްޖެކަމަށާއި، ސީޒަން ވަރަށް ކާމިޔާބުކަމަށެވެ. 

ޓީމްގެ ކޮންމެ ކުޅުންތެރިއަކުވެސް ފުރަތަމަ އެގާރައިން ޖާގަ ހޯދައި ސަޕޯޓަރުން އުފާކޮށްދޭން ބުރަކޮށް މަސައްކަތްކުރާކަން ކޮންޓޭ ފާހަގަކުރިއެވެ.