ތިމާވެށި

ދިއްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ތޮށިލާން ފަށްޓަވައިފި


ހއ. ދިއްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގޮތުން ތޮށިލުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

މީހާރު ގާތްގަނޑަކަށް 40 މީޓަރު ސަރަޙައްދެއްގައި ހިލަޖަހައި ނިމިފައިވާކަމަށް އެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވާ ކުންފުނި އެމްޓީސީސީން ބުނެއެވެ.

ހއ. ދިއްދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް އެ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލު ކުރައްވާފައިވަނީ، އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، ދިއްދޫގެ ހުޅަނގު ފަރާތުން 185 މީޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހަންޖެހެއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 9.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ދިއްދުއަކީ 2010 ވަނަ އަހަރުން ފެށިގެން ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ މިހާތަނަށް 300 ވަރަކަށް ފޫޓް އެރަށުން ގިރާފައިވާ ކަމަށެވެ.