ޚަބަރު

"މި އަހަރު ނިމޭއިރު ބެކަޕް ޖެނެރޭޓަރު ސިސްޓަމެއް ބަހައްޓާނަން"


އަމާޒަކީ، މި އަހަރު ނިމެންވާއިރަށް ފެނަކަ ކޯރޕަރޭޝަނުން ހިންގަމުން އަންނަ ކޮންމެ އިންޖީނު ގެއެއްގައި، ބެކަޕް ޖެނެރޭޓަރ ސިސްޓަމެއް ބެހެއްޓުންކަމަށް އެކޯޕްރޭޝަނުން ވިދާޅުވެއްޖެއެވެ. 

ޕީއެއްސްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވި، މިހާރު އެ ކޯޕަރޭޝަނުން 653 އިންޖީންގެ ބަލަހައްޓަމުން އަންނައިރު، ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ ކޮންމެ އިންޖީނުގެއެއްގައިވެސް މެކްސިމަމް އާއި މިނިމަމް ކެޕޭސިޓީއަށް ކޭޓަރ ކުރާނެ ޖަނެރޭޓަރު ބެހެއްޓުމާއި، ބެކަޕް ޖަނެރޭޓަރ ސެޓެއް ބެހެއްޓުން ކަމަށެވެ.

އަހްމަދު ޝަރީފް ވިދާޅުވީ، ކުންފުނީގެ ކޭޝް ފްލޯއަށް ދިމާވި މައްސަލަ ތަކެއްގެ ސަބަބުން، މިހާރު ކުންފުނިން ކެޕިޓަލް އިންވެސްޓްމެންޓް ކުރަމުން އަންނަނީ ހަމައެކަނި އެމަރޖެންސީ ޙާލަތުގައި ކަމަށެވެ. އެގޮތުން ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައިވެސް 5 އިންޖީން ގެންސްފައިވާކަން ފާހަގަ ކުރެއްވިއެވެ.



" މިހާރުގެ ކޭޝް ފްލޯގެ ހާލަތަށް ބަލާއިރު، ފާއިތުވި ދުވަސްތަކުގައި، ޑްލަރު ގަތުމަށްޓަކައި، 17 މިލިއަން ރުފިޔާ އެކީ ގޮސްފައިވަނީ. ރިސީވް ނުވޭ. ކޯޓު މަރުހަލާގައި މިހާރު މައްސަލަ އޮތީ. އެހާ ބޮޑު އަދަދެއް މަދުވުމުން ކޭޝް ފްލޯގައި ތާށި ކަމެއް އުޅޭ. މިހާރު ކެޕިޓަލް އިންވެސްޓްމެންޓް ކުރަނީ އާރޖެންޓް ނީޑްސްއަށް އެކަނި." ޝަރީފް ވިދާޅުވިއެވެ. 

ފެނަކަ ކޯޕަރޭޝަނުން މިހާރު ބަލަހައްޓަމުންއަންނަ 653 އިންޖީންގޭގެ ތެރެއިން 50 އިންސައްތަ އިންޖީންގޭގައި ބެކަޕް ޖަނެރޭޓަރު ހުންނާނެކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.