ކުޅިވަރު

ޑާކާ އަބަހާނީ ބަލިކޮށް މާޒިޔާއަށް ރަނގަޅު ފެށުމެއް


ޑާކާ އަބާހާނީ ބަލިކޮށް އޭއެފްސީ ކަޕްގައި މާޒިޔާގެ ފެށުން ރަނގަޅުކޮށްފިއެވެ.

 މިއަދު ބަންގްލަދޭޝްގައި ކުޅުނު މިމެޗް މާޒިޔާ ކާމިޔާބުކުރީ ދެލަނޑު ސުންލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު އިމާޒު ދިން ރީތި ޕާހަކުން 5 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރުއެވެ. ފުރަތަމަ ހާފްގައި މާޒިޔާގެ ލަނޑަށްފަހު އަބަހާނީ ވަނީ ކުޅުން ރަނގަޅުކޮށް މާޒިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. 

އެއްލަނޑު ސުންލަނޑުން މާޒިޔާ ކުރީގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މާޒިޔާއިން ވަނީ ގޯލް ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ.އެވެ ދެވަނަ ހާފްގައި އުމެއިރު، އަދި ހުސެއިން ނިޔާޒަށްވެސް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މެޗްގެ 87 ވަނަ މިނެޓްގައި މާޒިޔާގެ ލީޑު ފުޅާކޮށްދިނީ އަސަދުﷲ އަބްދުﷲއެވެ. މޮޅަކާއެކު މާޒިޔާ ގްރޫޕް ސްޓޭޖް ފެށިއިރު މި ގްރޫޕްގެ ދެވަނަ މެޗްގައި މާޒިޔާ ނިކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އޭޕްރީލް ހަތަރުވަނަ ދުވަހު މާލޭގައެވެ. 

ގްރޫޕް އީގައި ހިމެނެނީ މާޒިޔާ، ބެންގަލޫރު އެފްސީ، ޑާކާ އަބަހާނީ އަދި މޯހަން ބަގާންއެވެ. މާޒިޔާއަކީ މިފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަކުރާ ހަމައެކަނި ޓީމެވެ.