ޚަބަރު

ހޯދަމުން ދިޔަ މަސްދޯންޏާއި ގުޅިއްޖެ - އެމްއެންޑީއެފް


ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މަސްދޯންނާއި ގުޅިފައިވާ ކަމަށާއި އެ ދޯނީގައި ތިބި އެންމެންގެ ހާލު ރަގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި މަހުގެ 6 ވަނަ ދުވަހު މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދިޔަ އޮއިވަރު ނަމަކަށް ކިޔާ ދޯންޏާއި މިއަދު ހެދުނު ގުޅިފައިވާ ކަމަށެވެ. އަދި އެ ދޯނި މަސްވެރިކަން ކުރަމުންދިޔައީ ހއ މަކުނުދޫގެ 130 މޭލު ބޭރުންކަމަށް އެ ދޯނިން މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި ދޯނި މާލެ ވަންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ ދޯންޏާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއެވެ.