ޚަބަރު

ޕީއެސްއެމްގެ ބައެއް އެކައުންޓުތައް ހެކްކޮށްފި !


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ސޯޝަލް މީޑިއާގައި ބޭނުންކުރާ ބައެއް އެކައުންޓްތައް ހެކްކޮށްފިއެވެ.

އެކައުންޓްތައް ހެކްކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ހެކްކުރި އެކައުންޓްތަކުގެ ތެރޭގައި ރަސްމީ ފޭސްބުކް އެކައުންޓްތަކާއި ކުންފުނީގެ ބައެއް ވެރިންގެ ފޭސްބުކް އެކައުންޓްތައް ހިމެނެއެވެ. 

މިމައްސަލަ ހައްލުކުރުމަށް ކުންފުނީގެ ޓެކްނިކަލް ޓީމެއް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. މި މައްސަލަ ފުލުހުންވެސް ގެންދަވަނީ މިހާރު ތަޙްޤީޤް ކުރައްވަމުންނެވެ.