ޚަބަރު

ރައީސްގެ އަނބިކަނބަލުން އުތީމަށް ވަޑައިގެންފި


ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ފަށްޓަވައިފާ "އެންެމެ ގާތުން" ކެމްޕެއިންގެ ދަށުން، ހއ.އަތޮޅަށް އެކަމަނާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު އުތީމަށް ވަޑައިގަންނަވައިފިއެވެ.

އެކަމަނާ އުތީމަށް ވަޑައިގަތުމުން އެރަށުން ވަނީ އެކަމަނާއަށް ވަރަށްހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި އެރަށުގެ ގިނަ ޢަދަދެއްގެ އާއްމުން އުތީމު ގަނޑުވަރުކައިރިއަށް އެއްވިއެވެ. އެކަމަނާގެ ޝަރަފުގައި މަރުހަބާ ދެނެންވުމުގެ ގޮތުން ސްކޫލް ކުދިންގެ އައޓަމެއް ވެސް ވަނީ ހުށަހަޅާފައެވެ.  

img:http://s3.psmnews.mv/images/660x400/14893034408672.jpg|ރައީސްގެ އަނބިކަނބަލުން މިއަދު އުތީމަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޙަބާއެއް ދެންނެވި - ފޮޓޯ؛ ޕީއެސްއެމް

މީގެއިތުރުން އެކަމަނާ އުތީމަށް ވަޑައިގެންނެވީތީ އެކަމުގެ އަގުވަންކޮށް އުތީމު ކައުންސިލުން ވަނީ އެކަމަނާއަށް ޚާއްސަ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އަދި އުތީމު ކަނަބަލުންގެ ފަރާތުންވެސް އެކަމަނާއަށް ވަނީ ޙާއްސަ ހަދިޔާއެއް އަރުވާފައެވެ.

މިދަތުރުގައި، އުތީމުގައި ދިރުއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އުތީމުގެ އިސް ރައްވެހިންނާއި، ކައުންސިލް މެމްބަރުންނާއި، ރަށުގެ އަންހެން ކަބަލުންނާއި އެކަމަނާ ބައްދަލުކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި އެކަމަނާ ވަނީ އުތީމު ގަނޑުވަރަށްވެސް ޒިޔާރަތްކުރައްވައި އެގަނޑުވަރު ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގައި ދެން އެކަމަނާ ވަޑައިގަންނަވާނީ ހއ ދިއްދެއަށެވެ.