ޚަބަރު

ހައުސިންގ މިނިސްޓްރީން މުވައްޒަފުންގެ އަގު ވަޒަންކޮށްފި


މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުން ފާއިތުވި އަހަރު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެމް.އެޗް.އައި ނައިޓްގެ ނަމުގައި ޚާއްސަ ހަފްލާއެއް ބާއްވަވައިފިއެވެ. 

ރޭ ދަރުބާރުގޭގައި ބޭއްވެވި މި ހަފްލާގައިވަނީ އެ ވުޒާރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ތެރެއިން މިދިޔައަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ސެޓްފިކެޓް ދެއްވާފައެވެ. އަދި އެ ވުޒާރާގައި މަސައްކަތްކުރައްވައި، މިހާރު ރިޓަޔާރ ކުރައްވާފައިވާ 15 ބޭފުޅަކަށްވެސް އެބޭފުޅުން ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާ ހާނދާނީ ފިލާ އަރުވާފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/14892239204339.jpg|ހައުސިންގ މިނިސްޓްރީން ބޭއްވެވި އެމް.އައި.އެޗް ނައިޓުގެ ތެރެއިން / ފޮޓޯ: ހައުސިންގ މިނިސްޓްރީ

ގްރޭންޑް ޕްރައިޒްއެއްގެ ގޮތުގައި ގުރުއަތުން ހޮވުނު މުވައްޒަފަކަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސް ދުވަހުގެ ހުރުމާއެކު ސިންގަޕޫރު ދެކޮޅު ޓިކެޓް ދެއްވާފައެވެ.

މީގެ އިތުރުން، މޯލްޑިވައަންގެ ފަރާތުން ވެސް ވަނީ ގުރުއަތުން ހުވުނު މުވައްޒަފަކަށް، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ތެރެއިން ކޮންމެވެސް އެއް މަންޒިލައަކަށް ދެކޮޅު ޓިކެޓް ދެއްވާފައެވެ.

ރޭގެ ހަފްލާގައި މުނިފޫހިފިލުވުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ.