ޚަބަރު

ރައީސްގެ އަނބިކަނބަލުން ހޯރަފުށްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފަށްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން، އެކަމަނާ ހއ. އަތޮޅު ހޯރަފުށްޓަށް ވަޑައިގެންފިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން، ހއ. ހޯރަފުށްޓަށް ވަޑައިގަތުމުން، އެކަމަނާއަށް އެރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި އެރަށުގެ ގިނަ އަދަދެއްގެ ޢާއްމުން ބަނދަރަށް އެއްވިއެވެ.

ހއ ހޯރަފުށީ އަންހެން ކަނބަލުންގެ ފަރާތުން، ޕީޕީއެމްއާ ގުޅުނު މީހުންގެ ފޯމްތައް ފާޠިމަތު އިބްރާހީމަށް އަރުވާފައިވެއެވެ. އަދި ހޯރަފުށީ ކަނބަލުންގެ ފަރާތުން ބޮޑުބެރުގެ ޚާއްޞަ ޙަރަކާތެއް ދައްކާލާފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14892220857181.jpg|ރައީސްގެ އަނބިކަނބަލުން ހޯރަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ޕީއެސްއެމް

އެކަމަނާގެ މިދަތުރުފުޅުގައި، ހޯރަފުށީގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންގެ ގެތަކަށް ޒިޔާރާތްކުރައްވައި، އެމީހުންގެ ޙާލު ބައްލަވާލައްވައި އަޑުއައްސަވާފައިވެއެވެ. އަދި ހޯރަފުށީގެ އިސް ރަށްވެހިންނާއި ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ކަބަލުންނާއި ބައްދަލުކުރައްވާފައިވެއެވެ. އަދި ސްކޫލްގެ އިސްވެރިންނާއި ޓީޗަރުންނާއި ބެލެނިވެރިންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ދެން އެކަމަނާ ވަޑައިގަންނަވާނީ ހއ. ކެލާއަށެވެ.