ޚަބަރު

އައި.ޓި.ބީ ބާރލިން ފެއަރ - ފުރަތަމަ ދުވަސް ވަރަށް ކާމިޔާބު


މިހާރު ޖަރުމަންވިލާތުގެ ބާލިންގައި ކުރިޔަށްދާ، އައި.ޓި.ބީ ބާރލިން ފެއަރގެ ފުރަތަމަ ދުވަސްވެސް ވަރަށް ކާމިޔާބު ކަމަށް އެމް.އެމް.ޕީ.އާރް.ސީން ބުނެފިއެވެ.

މިހާރު ޖަރުމަންވިލާތުގެ ބާލިންގައި ކުރިޔަށްދާ، އައި.ޓި.ބީ ބަރލިން ފެއަރ އާ ގުޅޭ ގޮތުން ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ އެކްޓިންގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވަނީ، އެހެން އަހަރުތަކާ ޚިލާފަށް ފެއަރ ހުޅުވި ފުރަތަމަދުވަހު އެކަނިވެސް ވަރަށް ގިނަ ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ކަން ފާހަގަކުރައްވާފައެވެ. 

އައި.ޓި.ބީ ފެއަރ ހުޅުވީ އިއްޔެއެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ 88 ކުންފުންޏަކުން 260 މަންދޫބުން ރާއްޖެ ތަމްސީލްކުރަމުން އެބަދެއެވެ. އިއްޔެއާއި މިއަދު ބިޒްނަސްޑޭގެ ގޮތުގައި ކުރިޔަށްގެންދާއިރު، އިއްޔެވެސް ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވިއެވެ. 

ޚާއްޞަ ގޮތެއްގައި ،ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާއި، އަދ ވަކިވަކި ރިސޯޓްތަކާއި ،ކުންފުނިތަކުން އެ ތަންތަނުގެ އެގްރީމެންޓްތައް އާކުރުމާއި، ކްލައަންޓުންނާއި ވަކިވަކި ބިޒްނެސް މީޓިންގްތައް ބޭއްވުން ހިމެނެއެވެ. ރާއްޖޭގެ ވަފްދުގެ އެންމެ އިސް ބޭފުޅަކީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އެމް.އެމް.ޕީ.އާރް.ސީގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ ހާރިސް މުޙައްމަދުވެސް ގެންދަވަނީ ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކަންކަން ވިލަރެސްކުރެއްވުމުގެ މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. 

މިއަދުގެ ބައްދަލުވުމުގައި ވަނީ އައި.ޓީ.ބީ ފެއަރގައި ބައިވެރިވާ މަންދޫބުންނަށް ފެއަރއާބެހޭ މައޢުލޫމާތު ދެއްވާފައެވެ. އަދި ފެއާރއާބެހޭ މަޢުލޫމާތޫ ހޯދަން ބޭނުންވާ ޕާޓްނަރުންނަށް މަޢުލޫމާތުދިނުންވެސް މިބައްދަލުވުމުގައި ކުރިޔަށްދިޔައެވެ. އެމް.އެމް.ޕީ.އާރް.ސީގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، މިފަހަރުގެ ފެއަރއަކީ ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ ފެއަރކަމުން، މިފަހަރުގެ ފެއާރއާމެދު ވަރަށް ބޮޑު އުންމީދެއް ކުރެވޭކަމަށެވެ.