ޚަބަރު

އެމްއޭސީއެލްއިން އަންހެނުންގެ ދުވަސް ފާހަގަކޮށްފި


ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. 

މި ޙަރަކާތްތައް ރަސްމީގޮތުން ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތްތަކުގައި އެކުންފުނީގައި މަސައްކަތްކުރާ 400 އަށްވުރެ ގިނަ އަންހެން މުވައްޒަފުން ބައިވެރިވިއެވެ.

އަންހެނުންގެ ދުވަހުގެ ޙަރަކާތްތައް އެކުންފުނިން ފަށާފައި ވަނީ މިއަދު ހެނދުނުއެވެ. އެކުންފުނިން މިއަދު ހަވީރުވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ބޭއްވިއެވެ. މިޙަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.

img:http://s4.psmnews.mv/images/660x400/14889796073775.jpg|އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްއޭސީއެލްއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަންހެނުންގެ ދުވަހުގެ މުނާސާބަތުގައި ޚާއްސަ ހަދިޔާއެއް އެރުވިއެވެ. އަދި ދުވަހަށް ޚާއްސަކޮށްގެން އެމްއޭލްސީއެލުން ތައްޔާރުކޮށްފައިވާ ކޭކު ރައީސްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފަޅުއްވާދެއްވާފައެވެ.

އެމްއޭސީއެލްއިން ބުނީ، މިއީ އަންހެނުންގެ ދުވަސް މިހާ ކުލަގަދަކޮށް އެކުންފުނިން ފާހަގަކުރި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިކަމަށް ހުރިހާ ސްޓާފުންގެ އެއްބާރުލުން ލިބުނުކަމަށް އެކުންފުނިން ބުނެއެވެ.