ޚަބަރު

ކަނދޮޅުދޫ ވަޙީދު އަވަހާރަވެއްޖެ


ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި އަޙުމަދު ވަޙީދު ( ކަނދޮޅުދޫ ވަހީދު) އަވަހާރަވެއްޖެއެވެ.

ކަނދޮޅުދޫ ވަޙީދަކީ ވަރަށް ގިނަ ދުވަހު، އަގުހުރި ގިނަ ޚިދުމަތްތަކެއް ރ.އަތޮޅަށްވެސް ކޮށްދެއްވި ބޭފުޅެކެވެ.

ވަޙީދު އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، މާލޭގައި އޭނާގެ އަމިއްލަގެ ހ. ވަށްފުށީގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 70 އަހަރެވެ.

އަވަހާރަވި އިރު، ވަހީދު ހުންނެވީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއްކަމަށްވާ ޔުނިވާސަލްގެ ވަރަށް އިސް މަޤާމެއްގައެވެ. އަދި ވަހީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަމިއްލަ ބައެއް ވިޔަފާރިތައް ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ވަޙީދުގެ ދެ އަންހެން ބޭފުޅުންނާއި ތިން ފިރިހެން ބޭފުޅުންގެ އިތުރުން ކާފަ ވިދާޅުވާ 10 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.