ޚަބަރު

ޑިޒާރސްޓާރ މެނޭޖްމަންޓް ސެންޓަރުން ބައްދަލުވުމެއް ފަށްޓަވައިފި


ކާރިސާތަކުން ލިބޭ ހިރާސްކުޑަކުރުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި އެކުލަވާލާފައިވާ އޮނިގަޑަށް ރާއްޖޭގެކަމާއި ގުޅޭ ދައިރާތައް އަހުލުވެރިކުރުވުމަށް ނޭޝަނަލް ޑިޒާރސްޓާރ މެނޭޖްމަންޓް ސެންޓަރުން މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ. 

ތިންދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ގުޅިގެން ކުރިއަށް ގެންދަވާ މަސައްކަތު ބައްދަލުވުމެކެވެ. 

މި މަސައްކަތު ބައްދަލުން ފަށްޓަވާދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން އެންޑީއެމްސީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ތަސްނީމް ވިދާޅުވީ ކާރިސާތަކުން ލިބޭ ހިރާސްތައް މަދުކުރެވޭނީ ކަމާއި ގުޅޭ މުއައްސާސާތަކަށް ލިބޭ މައުލޫމާތުތައް ވިހާވެސް ބޮޑަށް ރައްޔިތުންނަށް ހިއްސާކޮށްގެންކަމަށެވެ. 

މިގޮތުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް ހިއްސާކުރާ މައުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ގެންގޮސްދެއް ވުމަށްވެސް ތަސްނީމު އިލްތިމާސްކުރެއްވިއެވެ. ކާރިސާތަލުން ލިބޭ ހިރާސްކުޑަކުރުމަށް އެކުލަވާލީ ސެންޑައީ ފްރޭމްވޯކް އެކުލަވާލާފައިވަނީ 2015 ވަނަ އަހަރު މާރޗްމަހުއެވެ.