ޚަބަރު

ވާހަކަދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތް ފަށައިފި


އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވަވާ ވާހަކަދެއްކުމުގެ ބައްތިރީސް ވަނަ ޤައުމީ މުބާރާތް ފަށްޓަވައިފިއެވެ. 

އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މުބާރާތް ފަށްޓަވައިދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޙައްމަދު ޝަހީމް ޢާލީ ސަޢީދު ވަނީ ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވަނީ ޕީއެސްއެމުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ކުރިއަށްގެންދަވަނީ ދިވެހިބަހުގެ އެކަޑަމީއާއި ޕީއެސްއެމް ގުޅިވަޑައިގެންނެވެ. 

img:http://s1.psmnews.mv/images/660x400/14887952398579.jpg|ޕީއެސްއެމް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް

މިފަހަރުގެ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުން ޖުމްލަ ދުއިސައްތަ ނުވަދިހަ އަށްކުދިން ބައިވެރިވެފައިވެއެވެ. ތިން ދަންފަޅިއަކަށް ބައްސަވާލައްވައިގެން ކުރިއަށްގެންދަވާ މިމުބާރާތް މިމަހުގެ އަށާރަވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަވާނެއެވެ. މިމުބާރާތުގައި ރޭގެ ދަންފަޅީގައި ފަސް ސްކޫލެއްގެ ފަސްދަރިވަރުން ވަނީ ވާހަކަދައްކާފައެވެ.