ކުޅިވަރު

އާސެނަލް ބަލިކޮށް ލިވަޕޫލް ތިންވަނައަށް


އާސެނަލް ބަލިކޮށް ޕްރިމިއަރ ލީގުގެ ތިންވަނައަށް ލިވަޕޫލްޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދީތިންލަނޑު އެއްލަނޑުންނެވެ.

 މެޗަށްފަހު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ މިއީލިވަޕޫލް މިސީޒަނުގައި ކުޅުނު އެންމެ މޮޅު އެއް މެޗް ކަމަށާއި، ރޭގެ މެޗްގައިކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު ކަމަށެވެ. އަދި މިއީ މިދިޔަ ހަފްތާގައި ލެސްޓަރ ސިޓީ އަތުންވީ ބަލިން އަރައިގަންނަށް ލިބުނު ރަނގަޅުފުރުސަތެއް ކަމަށްވެސް ކްލޮޕް ބުންޏެވެ. އާސެނަލްގެ ކޯޗް އާސެނަލް ވެންގާ ބުނީ އޭނާއުއްމީދު ކުރިވަރާ ގާތަށްވެސް ފުރަތަމަ ހާފްގައި އާސެނަލްގެ ކުޅުންތެރިންނަށްނުކުޅެވޭ ކަމަށާއި ދެވަނަ ހާފްގައި ކުޅުންތެރިންގެ ފަރާތުން ހިތްވަރު ކުރިތަންފެނުނު ކަމަށެވެ. 

މެޗުން ބަލިވެ އާސެނަލް ވަނީ ތާވަލްގެ ފަސްވަނައަށް ވެއްޓިފައެވެ. ރޭގެ މެޗްގައި ލިވަޕޫލްގެ ތިންލަނޑު ކާމިޔާބުކޮށްދިނީ ފާމީނިއޯ، މާނޭ އަދި ވައިނާލަމްއެވެ. އާސެނަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވެލްބެކްއެވެ.