ޚަބަރު

ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ޤާނޫނު އިސްލާހު ހުށަހަޅަނީ


ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭގޮތަށް ސިފައިންގެ ޤާނޫނު އިސްލާޙު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ކަޅުތުއްކަލާ ކޮށީގައި ކުރިއަށްގެންދިޔަ އެމްއެންޑީއެފްގެ 12 ވަނަ ހެވިކަމުގެ މުބާރަތް ފެށުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންނަށް ވޯޓު ނުލެވޭގޮތަށް ސިފައިންގެ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވަން ނިންމެވީ، ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ޤައުމަށް ޚިދުމަތްކުރުމިގައި ޚާއްސަވެގެން ތިބޭ ބަޔަކަށް ހެދުމަށްޓަކައިކަމަށެވެ. 

ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްޤު ލިބިދީފައިވަނީ ސިފައިންގެ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުންނެނެވެ. ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ އެމާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.