ޚަބަރު

"މަވެސް ޖަހައިފިން" ކެމްޕެއިން އެމްއެންޑީއެފްގައި ފަށައިފި


ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމަށް ސަރުކާރުން ފެއްޓެވި ޤައުމީ ކެމްޕޭން "މަވެސް ޖަހައިފިން" އެމްއެންޑީއެފްގައި ފަށައިފިއެވެ.

މިކެމްޕޭން އެމްއެންޑީއެފްގައި ފެށްޓުމަށް މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކެމްޕޭން ރަސްމީކޮށް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުއެވެ. އެމްއެންޑީއެފްގައި މި ކެމްޕޭން ފެއްޓުމުގެ ގޮތުން އޮފިސަރަކަށާއި އެންލިސްޓެޑް ރޭންކުގެ ސިފައިންގެ މީހަކަށާއި ސިފައިންގެ އަންހެނަކަށް ވަނީ ވެކްސިން ޖަހާފައެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާ، އަދި ވެކްސިން ޖެހި ފަރާތްތަކަށް ވެކްސިން ކާޑު ޙަވާލުކޮށްދެއްވާފައެވެ.

މި ކެމްޕޭނަކީ 2020 ވަނަ އަހަރުގެ ކުރިން ސައުތު އޭޝިއާ ސަރަހައްދުން ހިމަބިހި ނައްތާލުމަށް ކުރަމުންދާ ކެމްޕޭނުގައި ދިވެހިރާއްޖެއިން މިއަހަރު ހިމަބިހި ނައްތާލުމަށް ސަރުކާރުން ކުރަމުންދާ ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން ސިފައިން ފެށްޓި ކެމްޕޭނެކެވެ. އެމްއެންޑީއެފްގައި މި ކެމްޕޭނު ކުރިއަށްގެންދަނީ އެމްއެންޑީއެފް މެޑިކަލް ސަރވިސް އާއި ސެނެހިޔަ ހޮސްޕިޓަލް ގުޅިގެނެވެ. މިކެމްޕޭން ހިނގަމުންދާ ދުވަސްވަރު އާންމުންނަށާއި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ވެސް ސެނެހިޔަ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.