ޚަބަރު

އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީ 7 ޖަމްޢިއްޔާއަކަށް !


އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ 7 ޖަމުޢިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާ، އެކަމުގެ ލިޔުން އެޖަމުޢިއްޔާތަކާ ހަވާލުކޮށްފިއެވެ. 

އަލިފުޅު ތުއްތު ފައުންޑޭޝަނުން ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ބިނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއަހަރު އެހީ ދިނުމަށް ހަމަޖެހިފައިވާ 7 ޖަމްޢިއްޔާއަކީ ޔޫ.ޑަބްލިއު.ސީ.މޯލްޑިވްސް، ޖަރނީ، ކެއަރ ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ކެންސަރ ސޮސައިޓީ އޮފް މޯލްޑިސް، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން އަދި މޯލްޑިވިއަން ރެޑް ކްރެސެންޓްއެވެ.

img:http://s3.psmnews.mv/images/660x400/14881198557503.jpg|އަލިފުޅު ތުއްތު ފައުންޑޭޝަނުން ޖަމްޢިއްޔާތަކަށް އެހީ ދިން ކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި މިރަސްމިއްޔާތުގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިންކަމުގެ ލިޔުން 7 ޖަމްޢިއްޔާވަނީ ހަވާލުކޮށްފައެވެ.

ފީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެގައި އަލިފުޅު ތުއްތު ފައުންޑޭޝަންގެ ޕްރޮގްރާމް މެނޭޖަރ އާސިމާ ލުތްފީ ވިދާޅުވީ މިއަހަރު މިޖަމްޢިއްޔާތަކުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް 3.3 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އަލިފުޅުތުއްތު ފައުންޑޭޝަންގެ ފަރާތުން ދެހާސްވަނަ އަހަރުން ފެށިގެން އަންނަނީ ގިނަ ޖަމްޢިއްޔާތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.