ޚަބަރު

ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕޭން އައްޑޫގައި ފަށްޓަވައިފި


ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރިއަށްގެންދަވާ ޤައުމީ ކެމްޕޭން އައްޑޫ ސިޓީގައިވެސް ފަށްޓަވައިފިއެވެ. މި ކެމްޕޭން ފެށްޓެވީ އައްޑޫ ހައިސްކޫލުގައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ކުރިއަށްގެންދަވާ ޤައުމީ ކެމްޕެއިން އައްޑޫގެ ހުރިހާ ރަށެއްގައިވެސް މިއަދު ވަނީ ފަށްޓަވާފައެވެ. އައްޑޫސިޓީ ހިތަދޫގެ ތިން ސަރަޙައްދެއްގައި މިކެމްޕެއިން ކުރިއަށްގެންދަވައެވެ. އެއީ ހިތަދޫ ތިން ސްކޫލްގައެވެ. މީގެއިތުރުން ފޭދޫ، މަރަދޫ، ހުޅުދޫ މީދޫގައި އެރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގައި ވެކްސިންގ ދިނުން ކުރިއަށް ގެންދަވެއެވެ. މަރަދޫފޭދޫގައި މި ހަރަކާތް ކުރިއަށްދަނީ ދަމަނަވެށީގައެވެ. މި ކެމްޕެއިން ދެހަފްތާގެ މުއްދަތަށް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދަވާނެކަމަށާއި، ރައްޔިތުން މިކަމަށް ހޭލުންތެރިކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެވެ. 

މި ކެމްޕެއިންގެ ދަށުން އައްޑޫސިޓީގައި ފުރަތަމަ ހަފްތާގައި ވެކްސިންގ ދެއްވުމަށް ނިންމަވާފައިވަނީ އައްޑޫ ސްކޫލްތަކުގެ ދަރިވަރުންނަށެވެ. 

ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 8 އަހަރާއި 28 އަހަރާއި ދެމެދުގެ މީހުންނަށެވެ.