ކުޅިވަރު

އެއްވަނައިގައި ބަޔާން މިއުނިކް ފަސްޕޮއިންޓްގެ ލީޑެއް ނަގައިފި


ބޮޑު ތަފާތަކުން ހެމްބާގް ބަލިކޮށް ބުންޑަސްލީގު ތާވަލްގެއެއްވަނައިގައި ބަޔާން މިއުނިކް ފަސްޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. 

ރޭ އަމިއްލަދަނޑުގައި ބަޔާން ހެމްބާގްގެ މައްޗަށް ކުރިހޯދީ 8 ލަނޑު ސުންލަނޑުންނެވެ. މެޗްގައި ލެވަންޑޯސްކީ ތިންލަނޑު ޖަހާ ހެޓްރިކް ހެދިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައިކުޅެން ނިކުތްބ ކޯމަން ވަނީ ދެލަނޑު ޖަހާފައެވެ. އަނެއް ތިންލަނޑު ޖައިދިނީ ވިދާލް، އަލަބާ އަދި ރުބެންއެވެ. މިއީ ކޯޗް އެންޗެލޯޓީގެ ކެރިއަރުގައި އޭނާ އިރުޝާދުދިން 1000ވަނަ މެޗެވެ. އެއްހާސް މެޗްގެ ތެރެއިން އެންޗެލޯޓީ ވަނީ 597 މެޗް ކާމިޔާބުކޮށްފައެވެ. މިއީ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ބަޔާން އެންމެތަފާތު ބޮޑުކޮށް ކާމިޔާބުކުރި މެޗެވެ. ލަނޑެއް ނުވަދެ ބަޔާން މެޗް ނިންމާލިއިރު،މިއީ ކީޕަރ ނޯޔާ ލީގުގައި ބައިކޮޅަށް ލަނޑެއް ނުވައްދާ ނިންމާލި 100ވަނަ މެޗެވެ. 

ބަޔާންމޮޅުވެ ފަސްޕޮއިންޓްގެ ލީޑެއް ނެގިއިރު، ދެވަނައިގައިވާ ލީޕްޒިގްއަށް ލިބެނީ 48ޕޮއިންޓެވެ. ރޭ ފްރެއިބާގްގެ މައްޗަށް ކުރިހޯދި ޑޯޓްމުންޑް އޮތީ ތާވަލްގެތިންވަނައިގައެވެ.