ޚަބަރު

މާލޭގެ ސްކޫލްތަކުގެ މެދުގައި އަދަބީ ހުށަހެޅުމުގެ މުބާރާތެއް


މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯއިން މާލޭގެ ސްކޫލްތަކުގެ މެދުގައި އަދަބީ ހުށަހެޅުމުގެ މުބާރާތެއް ބާއްވައިފިއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހާޤަކުރުމުގެ ގޮތުން، ގްރޭޑް ހަތަކާއި ދިހައެއްގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް އަމާޒްކޮށްގެން، ޖަމާލުއްދީން ސްކޫލުގައި ރޭ ބޭއްވި މި މުބާރާތުގައި ޑްރާމާތަކާއި، ތަމްސީލް، އަދި ޅެންބަހުރުވައިން ތަފާތު އައިޓަމްތަކެއްވަނީ ހުށަހަޅާފައެވެ. ކޮންމެ ސްކޫލަކުންވެސް އެއް އައިޓަމް ހުށައެޅި މި މުބާރާތުގައި، ސާދަ ސްކޫލަކުން ދިހަ ވަރަކަށް މިނެޓްގެ އަޓަމްތަށް ވަނީ ހުށައަޅާފައެވެ. img:http://s1.psmnews.mv/images/660x400/14881013792302.jpg|މާލޭގެ ސްކޫލްތަކުގެ މެދުގައި އަދަބީ ހުށަހެޅުމުގެ ބޭއްވި މުބާރާތުގެ ތެރެއިން - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަދަބީ ހުށައެޅުމުގެ މި މުބާރާތާއި ގުޅޭ ގޮތުން، މޯލްޑިވްސް ނޭޝަނަލް ކޮމިޝަންފޯ ޔުނެސްކޯގެ ސެކެޓްރީ ޖެނަރަލް، އާމިނަތު ނަމްޒާ ވިދާޅުވީ، ސްކޫލްތަކަށް ދެވުނު ކުރުމުއްދަތުގެ ތެރޭގައި ވަރަށް ފުރިހަމަ އައިޓަމްތަކެއް މި މުބާރާތުގައި ހުށައަޅާފައިވާ ކަމަށެވެ. އަދި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯއިން ބާއްވާ ޚާއްސަ ޖަލްސާގައި މި މުބާރާތުގެ ވަނަތަށް ހޮވާނެކަމަށް އޭނާ ވިދާޅުވިއެވެ. މާދަރީ ބަހުގެ ދުވަސް ފަދައިން، ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މިފަދަ މުހިއްމު ދުވަސްތައް، ކުރިއަށް އޮތްތަނުގައިވެސް މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯ އިން ބާއްވަމުން ގެންދަވާނެކަމަށް ނަމްޒާ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14881014157553.jpg|މާލޭގެ ސްކޫލްތަކުގެ މެދުގައި އަދަބީ ހުށަހެޅުމުގެ ބޭއްވި މުބާރާތުގެ ތެރެއިން - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"އަޅުގަނޑުމެން އުއްމީދު މިކުރަނީ ކުރިއަށްއޮތްތާނގަވެސް ޔުނެސްކޯގެ މެންޑޭޓުގެ ތެރެއިން، ކުރިއަށްގެންދެވޭ ތަފާތު ޙަރަކާތްތަކާއި، ބައިނަލް އަޤްވާމީ ދުވަސްތައް މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯ އިން އިސްނަގައިގެން މިފަދަ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދާނެ" މޯލްޑިވްސް ނޭޝަނަލް ކޮމިޝަންފޯ ޔުނެސްކޯގެ ސެކެޓްރީ ޖެނަރަލް، އާމިނަތު ނަމްޒާ ވިދާޅުވިއެވެ.