މުނިފޫހިފިލުވުން

އައިޑަލްގެ ބައިވެރިންނާއެކު ކުޑަކުދިންގެ ހަަވީރެއް ބާއްވަނީ


މޯލްޑިވިއަން އައިޑަލް ސީޒަން 2 ބައިވެރިންނާއެކު ކުޑަކުދިންގެ ޚާއްސަ ހަވީރެއް މިއަދު އޮންނާނެއެވެ.

ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކަކާއި އެކު ކުރިޔަށްގެންދާ މި ހަވީރު އޮންނާނީ މިއަދު ހަވީރު 4 އިން 6 އަށް ޓީވީއެމްގެ ގޯތިތެރޭގައެވެ. މި ހަވީރުގައި މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ބައިވެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާއިރު މި ހަވީރަށް ޒިޔާރަތްކުރާ ކުދިންގެ މެދުގައި ގުރުއަތުން ހޮވޭ ކުއްޖަކަށް ޚާއްސަ އިނާމެއް ދިނުންވެސް އޮންނާނެއެވެ.

އައިޑަލްގެ ޕިއާނޯ ރައުންޑަށް ދަތުރުކުރި ގަދަ 16 ބައިވެރިންގެ ތެރެއިން، ބާކީތިބި 8 ބައިވެރިންނާއެކު، ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވ މިރޭ ޓީވީއެމުން ގެނެސްދޭނެއެވެ. މާދަމާރޭ އޮންނަ އެލިމިނޭޝަން ނައިޓްގެ ޝޯވއާއެކު މި ސީޒަންގެ ގާލާ ރައުންޑަށް ދަތުރުކުރާ ގަދަ 12 ބައިވެރިން ކަށަވަރުވެގެންދާނެއެވެ.