ޚަބަރު

ފަރަންސޭސި ސަފީރު، ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި


ދިވެހިރާއްޖެއަށް ފްރާންސުން ކަނޑައަޅުއްވާފައިވާ ސަފީރު، ޖީން-މާރިން ޝުހް، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމްއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ފްރާންސާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ރަހުމަތްތެރި ގުޅުމަށް އަލިއަޅުއްވައި، މިގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ދާއިރާތައް، ވަކިން ހާއްސަކޮށް ތިމާވެށްޓާއި، ވިޔަފާރިއާއި އިޤްތިޞާދު އަދި ކައުންޓަރ ޓެރެރިޒަމާއި ގުޅޭގޮތުން، ފްރާންސްގެ ސަފީރާއި، މިނިސްޓަރ އާޞިމްއާ ވަނީ މަޝްވަރާ ކުރައްވާފައެވެ.