ޚަބަރު

ޒަކަރިއްޔާ މޫސާ ނިޔާވެއްޖެ


އައްޝައިޚް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ލޮބުވެތި ބައްޕާފުޅު، ޒަކަރިއްޔާ މޫސާ މިރޭ ނިޔާވެއްޖެއެވެ.

ޒަކަރިއްޔާ މޫސާ ނިޔާވީ އުމުރުން 97 އަހަރުގައި މުސްކުޅި ބަލީގެ އާލާސްކަންފުޅުގައި މިރޭގެ ވަގުތެއްގައެވެ. ޒަކަރިއްޔާ މޫސާއަކީ ރ.ކަނދޮޅުދޫގެ ބޭފުޅެކެވެ. އޭނާއަކީ އެރަށަށާއި އަތޮޅަށް ދިގު މުއްދަތެއްވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޒަކަރިއްޔާ މޫސާ ނިޔާވިއިރު 8 ދަރިން ދުނިޔޭގައި އެބަތިއްބެވެ. ޒަކަރިއްޔާ މޫސާގެ ދަރިންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއާއި، ރ.އަތޮޅުގެ މެންބަރުކަން ކުރެއްވި އިސްމާޢީލް ޒަކަރިއްޔާއާއި ރ އަތޮޅާއި ބ އަތޮޅުގައި ދިގު މުއްދަތެއް ވަންދެން އަތޮޅުވެރިކަން ކުރެއްވި ޤާސިމް ކަލޭފާނުގެ އިތުރުން ސަރުކާރުގެ ޒިންމާދާރު މަޤާމުތައް އަދާކުރައްވަމުން ގެންދަވާ އެހެން ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.