ޚަބަރު

ޝައިން ލަރނާރސް ޕްރީސްކޫލްގެ ކުދިން ޓީވީއެމަށް ޒިޔާރަތް ކޮށްފި


ޓީވީއެމްގެ މަސައްކަތްތައް ހިނގާގޮތް ބަލައި، ތަޖުރިބާކުރުމުގެ ފުރުޞަތު ޝައިން ލަރނާރސް ޕްރީސްކޫލް ސެންޓަރުގެ ކުދިންނަށް ދީފިއެވެ.

ޓީވީއެމް މަސައްކަތް ތަޖުރިބާކޮށްލަން ޝައިން ލަރނާރސް ޕްރީސްކޫލް ސެންޓަރުގެ ކުދިންނަށް ފަހިކޮށްދިން ފުރުޞަތުގައި، އެސްކޫލްގެ ޔޫކޭޖީ ކްލާސްތަކުން ޖުމްލަ 88 ދަރިވަރުން ޓީވީއެމަށް ޒިޔާރަތްކުރިއެވެ. މި ޒިޔާރަތުގައި ޓީވީއެމްގެ ޚަބަރާއި، ޕްރޮގްރާމް އުފެއްދުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް އެކުދިންނަށް ދައްކާލާފައިވެއެވެ. އަދި ޚަބަރު ކިޔުމާއި ޕްރޮގްރާމް ޕްރެޒެންޓް ކުރާގޮތް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް އެ ކުދިންނަށް ދީފައިވެއެވެ. މިއަދުގެ ޒިޔާރަތުގައި ޝައިން ލަރނާސް ޕްރީސްކޫލްގެ ކުދިންނާއެކު އެކުދިންގެ ޓީޗަރުންވެސް ބައިވެރިވިއެވެ.