ޚަބަރު

ސީއެސްސީގެ މެންބަރުކަމަށް ޝަހީޤް އައްޔަންކުރައްވައިފި


ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބ.ގޮއިދޫ، ސޯސަންގެ، އިބްރާހީމް ޝަހީޤް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢައްޔަންކުރައްވައިފިއެވެ.

އޭނާ މި މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޝަހީޤް އެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ޝަހީޤަކީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންޓަވިއު ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވި ބޭފުޅާވެސްމެއެވެ.

img:http://s4.psmnews.mv/images/660x400/14875758208493.jpg|ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، ޑރ. ޙުސައިން ނިޔާޒް ޢައްޔަން ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބި އެމިރޭޓްސް، ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ހ. ނިޔާސާ، ޑރ. ޙުސައިން ނިޔާޒް ޢައްޔަންކުރައްވާފައެވެ.