ކުޅިވަރު

ޝާހިދު އަފްރީދީ އިންޓަރނޭޝަނަލް ކްރިކެޓުން ރިޓަޔަރކޮށްފި


އިންޓަރނޭޝަނަލް ކްރިކެޓް ކުޅުނު ޕާކިސްތާންގެ ޝާހިދުއަފްރީދީ ހުއްޓާލައިފިއެވެ.

 36 އަހަރުގެ އަފްރީދީ އިންޓަރނޭޝަނަލް ކްރިކެޓްކުޅުން ހުއްޓާލިއިރު އޭނާ ވަނީ 2015 ވަނަ އަހަރު ވަންޑޭ ކްރިކެޓުންރިޓަޔަރކޮށްފައެވެ. ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކުރަމުން ޝާހިދު އަފްރީދީ ބުނީ އޭނާ ޓީ ޓުވެންޓީ ކްލަބް ކްރިކެޓުން ފެންނާނެ ކަމަށާ ސަޕޯޓަރުންނަށްޓަކައި އަދި ދެއަހަރު ކްލަބް ކްރިކެޓުގައި ކުރިއަށްދާނެ ކަމަށެވެ. 

އަފްރީދީ ވަނީ ޕާކިސްތާންގެ ޤައުމީ ޓީމަށް ޓެސްޓް 27 މެޗާ، 398ވަންޑޭއިންޓަރނޭޝަނަލް މެޗް އަދި 98 ޓީޓުވެންޓީ މެޗް ކުޅެފައެވެ. ޕާކިސްތާންގައިއުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާހިދު އަފްރީދީވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު ޤައުމީ ޓީމްގެ ކެޕްޓަން ކަމުންއިސްތިޢުފާދީފައެވެ. 

ކެރިއާގެ ފުރަތަމަ ކޮޅު އަފްރިދީ ފާހަގަވީ މޮޅު ބެޓްސްމަނުންގެތެރޭގައެވެ. ނަމަވެސް ފަހަކަށް އައިސް އަފްރީދީ ފެނިގެންދިޔައީ މޮޅު ބޯލަރެއްގެގޮތުގައެވެ.