ކުޅިވަރު

ޓީސީ ދެވަނަ މެޗަށް ނިކުންނާނީ ސެމީގެ ފުރުސަތު ހޯދަން - ނިޒާމް


މުބާރާތުގެ ދެވަނަ މެޗަށް މިއަދު ނުކުންނާނީ މެޗް ކާމިޔާބުކޮށް ސެމީގެ ފުރުސަތު ހޯދުމަށް ކަމަށް ޓީސީ ސްޕޯޓްސްގެ ކޯޗް މުހައްމަދުނިޒާމް ބުނެފިއެވެ.

 ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަރނޭޝަނަލްމުބާރާތުގައި ކިރިގިސްތާންގެ އަލްގާ ބިޝްކެކްއާ ވާދަކުރާ މެޗްގެ ކުރިން ވާހަކަދައްކަމުން ޓީސީގެ ކޯޗް ނިޒާމް ބުނީ މެޗަށް ޓީމު އޮތީ ތައްޔާރުވެފައި ކަމަށާއި، މެޗަށް ނިކުންނާނީ އިދިކޮޅު ޓީމަކީ މޮޅު ޓީމެއް ގޮތުގައި ދެކިގެން ކަމަށެވެ. މިމެޗަށް ނިކުންނައިރު ޓީސީ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ވާދަކޮށް މޮޅުވެފައެވެ. މި ގްރޫޕްގައިކިރިގިސްތާންގެ އަލްގާ ބިޝްކެކް ކުޅުނު ފުރަތަމަ މެޗުން ކޮރެއާގެ ޕޮޗެއޯން އެފްސީއަތުން ބަލިވީ ދެލަނޑު ސުންލަނޑުންނެވެ.

 ނިޒާމް ބުނީ އިދިކޮޅުން މިއަދު ނިކުންނަ ޓީމްފުރަތަމަ މެޗުން ބަލިވެފައި އޮތުމަކީ މިއަދުގެ މެޗް ފަސޭހަ ނުވާނެ ސަބަބެއްކަމަށާއި ކުޅުންތެރިންނަނަށް އެކަން ވިސްނަދީފައިވާ ކަމަށެވެ. އެހެން ކަމުން ސެމީގެޖާގަ ހޯދުމަށް އިތުރު ހިތްވަރެއް ކުރުމަށް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނަދީފައިވާ ކަމަށް ޓީސީގެ ކޯޗް ނިޒާމް ބުންޏެވެ. 

" މެޗަށް ޓީމް އޮތީ ތައްޔާރުވެފަ. ފުރަތަމަ މެޗުން އެޓީމް ބަލިވެފަ އޮތީމަ އެމީހުން ނިކުންނާނީ މޮޅުވާން. އެހެންވީމަ އިތުރަށް ހިތްވަރު ކުރާނަން މެޗް ކާމިޔާބުކުރަން " ނިޒާމް ބުންޏެވެ.

މިއީ ޓީސީ ވާދަކުރާބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތެވެ. މިމުބަރާތުގެ ޗެމްޕިއަން ޓީމަށް 30،000 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.