މުނިފޫހިފިލުވުން

ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން އިޢުލާންކޮށްފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން މިރޭ އިޢުލާންކޮށްފިއެވެ.

ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިންގެ ގޮތުގަައި ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ މާކްސް އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޖުމްލަ ޕޮއިންޓުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބުނު 6 ބައިވެރިންނެވެ.

މިރޭގެ ޝޯވގައި ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންނަކީ: 

- ޝަމްވީލް މުޙައްމަދު

- ޢިބްރާހީމް ވަޙީދު

- މުޙައްމަދު ތަސްނީމް

- މުޙައްމަދު ހަމްދާން 

- މުޙައްމަދު ރީހާން

ޝަޒާ ޢަބްދުﷲ ރަޝީދު 

img:http://s3.psmnews.mv/images/660x400/14874456289842.jpg|ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވ އިން ވަކިވާންޖެހުނު ދެ ބައިވެރިން- ފޮޓޯ: ޕީއެސްއެމް

ގާލާ ރައުންޑާއި ހިސާބަށް ދަތުރު ނުކުރެވި، ޝޯވއިން ވަކިވާންޖެހުނު 2 ބައިވެރިންނަކީ: 

- ޝަނީޒާ ޝަރީފް

- އަޙްމަދު ސައްޔާޙް

މިރޭގެ ޝޯވގައި މި ހުރިހާ ބައިވެރިންގެ ފަރާތުންވެސް ހިތްގައިމު ހުށައެޅުންތަކެއް ފެނިފައިވެއެވެ. އަދި ޖަޖުން، ބައިވެރިންގެ ފަރާތުން ރަގަނޅުކޮށްލަން ބޭނުންވާ ކަންތައްތަކާއި، އިތުރަށް ބޭނުންވާ ކަންކަން ހިއްސާކޮށްފައިވެއެވެ. ޕިއާނޯ ރައުންޑަށް ދަތުރުކުރި ގަދަ 16 ބައިވެރިންގެ ތެރެއިން، ބާކީތިބި 8 ބައިވެރިންނާއެކު، ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވ އަންނަ ހަފްތާގެ ހުކުރު ދުވަހު ގެނެސްދޭނެއެވެ. އަދި ހޮނިހިރު ދުވަހު އޮންނަ އެލިމިނޭޝަން ނައިޓްގެ ޝޯވއާއެކު މި ސީޒަންގެ ގާލާ ރައުންޑަށް ދަތުރުކުރާ ގަދަ 12 ބައިވެރިން ކަށަވަރުވެގެންދާނެއެވެ. 

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް އާއްމުންގެ ފަރާތުން ބޮޑު މަޤުބޫލުކަމެއް ލިބެމުން އަންނައިރު، ޝޯވގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.