ކުޅިވަރު

ބަންގްލަދޭޝް މުބާރާތުގަ ޓީސީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި


ޝެއިޚްކަމާލް އިންޓަރނޭޝަނަލް މުބާރާތުގައި ރާއްޖޭގެ ޓީސީކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.

 ބަންގްލަދޭޝްގައި މިއަދު ފެށި މިމުބާރާތުގައި ޓީސީއާ ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބާހާނީ ވާދަކުރި މެޗްޓީސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. 

މެޗްގެ ހަމައެކަނި ލަނޑު ފުރަތަމަހާފްގެ 16ވަނަ މިނެޓްގައި ޓީސީއަށް ކާމިޔާބުކޮށްދިނީ މިނިވަން ޗެމްޕިއަންޝިޕްގައި ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީއެވެ. މެޗްގައި ޓީސީގެ ނޭޕާލް ގޯލްކީޕަރކިރަންގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. 

ކައުންޓަރއެޓޭކް ފުޓްބޯޅައެއްޓީސީގެ ފަރާތުން މެޗްގައި ފެނުނުއިރު ނަތީޖާ ފުޅާކުރުމަށް ދެވަނަ ހާފްގައި ޓީސީގެ ޝަމްވީލްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަލީ ނާފިޢު ތަނަވަސްކޮށްދިން ފުރުސަތުން ޝަމްވީލް ޤާސިމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިމަތިން ބޭރަށެވެ. މިގްރޫޕްގައި މިއަދު ކޮރެއާގެ ޕޮޗެއޯން އެފްސީއާ ކިރިގިސްތާންގެ އަލްގާ ބިޝްކެކްވާދަކުރި މެޗް ދެލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޕޮޗެއޯން އެފްސީއެވެ. މިއީ ޓީސީގެތާރީޚުގައި އެކްލަބް ކުޅޭ ބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތެވެ.