ކުޅިވަރު

ޓީސީ އޮތީ ފުރަތަމަ މެޗަށް ރަނގަޅަށް ތައްޔާރުވެފައި


ޓީސީ ގޮވައިގެން ބައިނަލްއަޤްވާމީ ފުރަތަމަ މެޗަށް ނިކުންނައިރު ޓީމް އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ. 

މެޗްގެ ކުރިން ޕީއެސްއެމްއާ ވާހަކަ ދައްކަމުން ކޯޗް ނިޒާމް ބުނީ ބަންގްލަދޭޝްއިން މުބާރާތައް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި އިންތިޒާމްތައްވެސް ރަނގަޅުކަމަށެވެ. ޓީސީގެ އަމާޒަކީ ފުރަތަމަ މެޗް ކާމިޔާބުކޮށް ރަނގަޅު ނަތީޖާއެއް މުބާރާތުގައި ނެރުން ކަމަށްވެސް ނިޒާމް ބުންޏެވެ. ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަބަހާނީ ޑާކާއާއި ޓީސީ މިއަދު ވާދަކުރާއިރު އެޓީމަކީ މިދިޔަ އަހަރުގެ ބަންގްލަދޭޝްގެ ޗެމްޕިއަން ޓީމެވެ.  އޭއެފްސީ ކަޕުން ޖާގަ ހޯދާފައިވާ އަބަހާނީ ޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދުދިން މަމިޗެވެ.

 ނިޒާމް ބުނީ މެޗަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ހަމައެކަނި މައްސަލައަކީ ޓީމްގެ އެންމެ ތަޖުރިބާ ބޮޑު ދެކުޅުންތެރިންކަމަށްވާ ޝަމްވީލް ޤާސިމްއާ ޔާމިން މުޅިން ފިޓްނުވުން ކަމަށެވެ. މިއަދުގެ ފުރަތަމަ އެގާރައިގައި މިދެ ކުޅުންތެރިންވެސް ނުހިމެނޭނެ ކަމަށާއި ނަމަވެސް މެޗްގެ ކޮންމެވެސް ހިސާބަކުން އެ ދެކުޅުންތެރިންވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ނިޒާމް ބުންޏެވެ.

"ބޮންޑާއާއި ޔާމްބެ އަދިވެސް މުޅިން ރިކަވަރއެއް ނުވޭ. އެއީ ޓީމަށް ދިމާވެފައިވާ މައްސަލައަކީ، އެ ދެކުޅުންތެރިންނަކީ ޓީމްގެ އެންމެ މުހިންމު ދެކުޅުންތެރިން. ނަމަވެސް މެޗްގެ ކޮންމެވެސް ހިސާބަކުން ދެކުޅުންތެރިން ފެންނާނެ" ނިޒާމް ބުންޏެވެ.

 ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގައި ޓީސީއާ އަބަހާނީ ޑާކާ ވާދަކުރާ މެޗް ފަށާނީ ރާއްޖެގަޑިން މިއަދު ހަވީރު ހައެއް ޖަހާއިރުއެވެ.