ޚަބަރު

މާލޭގެ 3 މަގެއްގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަވަނީ


މާދަމާއިން ފެށިގެން މާލޭގެ 3 މަގެއްގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަވަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމަވައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިޢުލާންކުރައްވާފައިވާ ގޮތުން ބަދަލު ގެންނަވާ 3 ގޯޅިއަކީ، ހުސޭނީ ގޯޅިއާއި، ފާމުދޭރި މަގާއި، އާބުރުޒު ހިނގުމެވެ. މި މަގުތަކުގައި މާދަމާއިން ފެށިގެން ދުއްވޭނީ ކުރިން ދުއްވިގޮތާ އިދިކޮޅަށެވެ.

އެގޮތުން ބާޒާރު މަތީގައި އޮންނަ ހުސޭނީ ގޯޅިއަށް ކުރިން ވަންނަމުން އައީ އެސް.ޓީ.އޯ ސްޕަރމާރކެޓް ކައިރިންނަމަވެސް، އެ މަގުގައި މާދަމާއިން ފެށިގެން ދުއްވާނީ އުތުރުން ދެކުނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ބަދަލާއެކު، ހުސޭނީ ގޯޅިއަށް އުޅަނދެއްގައި ވަދެވޭނީ ބޮޑުތަކުރުފާނު މަގުންނެވެ. ފާމުދޭރި މަގުވެސް މާދަމާއިން ފެށިގެން ބޭނުން ކުރެވޭނީ އުތުރުން ދެކުނަށް ދުއްވާ މަގެއްގެ ގޮތުގައެވެ. އަދި ފާމުދޭރިމަގުގެ ހުޅަނގަށް އޮތް އާބުރުޒު ހިނގުން ބޭނުން ކުރެވޭނީ ދެކުނުން އުތުރަށް ކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.