ޚަބަރު

ތޮއްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ


އއ. ތޮއްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި 34 އަހަރުގެ މޫސާ ޝާފިއު މަރުވީ ރޭ 09:30 ހާއިރު އޭނާއަށް ލިބުނު ޒަޙަމްތަކަށް އިތުރު ފަރުވާ ދިނުމަށްޓަކާ މާލެގެނެސް އައި.ޖީ.އެމް.އެޗްގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ތިން މީހަކު އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓާލައިގެންގޮސް، ރުކެއްގައި ޖެހިގެނެވެ.

މި ޙާދިސާގައި ސައިކަލުގައި އިން އަނެއް ދެމީހުންނަށްވެސް އެކި ވަރުގެ ޒަޙަމްތައް ލިބުނުނަމަވެސް އެމީހުންނަށް އއ. ރަސްދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ރަސްދޫ ހޮސްޕިޓަލުން ވިދާޅުވެއެވެ.